ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، ގ. މާވަނި، ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ތިބި ކުދިންތަކަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށް ކޯޓް އަމުރެއްގެ ދަށުން 30 ދުވަހަށް ބަންދުކުރުމަށް މީގެ ކުރިން ވަނީ ކޯޓުން އުމުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވުމުން، މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފަ އެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރުގެ ކޮއްކޮ ސަނީ އަކީ ޓްރެވެލޫޝަންގެ ނަމުގައި ޓްރެވަލް މެގަޒިނެއް ހިންގާ މީހެކެވެ. އޭގެ ކުރިން ޓީޓީއެމް އާއި ގޯލްޑް ހަންޑްރެޑްގެ ނަމުގައި ވިޔަފާރިވެރިންނަށް އެޥޯޑު ވެސް ދީފައިވެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ގައުމު ދޫކޮށް ދިޔަ އެވެ. އޭގެ ފަހުން އަނބުރާ ރާއްޖެ އައުމުން ފުލުހުން ފުރަތަމަ ސަނީ ހައްޔަރުކުރީ އެއާޕޯޓުންނެވެ.
އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ. އަދި އެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިންވަނަ ފަހަރަށް ހައްޔަރުކުރީ 2 ޑިސެމްބަރުގަ އެވެ
އެނގިފައިވާ ގޮތުގައި ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި އެވެ. އާއިލާގެ ފަރާތުން މައްސަލަ ހުށަނާޅައި ގިނަ ދުވަސްތަކެއް ފަހުން ސޯޝަލް މީޑިއާގައި އެކަން ފެންމަތިވުމުން ފަހުން ވަނީ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ.
"ހަނިމާދޫ އެއާޕޯޓް ހަދަންވީ ސަރަހައްދީ އެއާޕޯޓެއްގެ ހަބަކަށް"
ތެލަސީމިއާ ބަލި މީހުންގެ އިނާޔަތަށް އެދެން ހުޅުވާލައިފި