ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްޑީސީ ފްލެޓްތަކުގެ، އަމާން ދޯދި އާއި އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ފެނުގެ ހިދުމަތް ގާއިމްކޮށް ނިމިފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު އެއްވެސް މައްސަލައެއް ދިމާނުވެ ފެނުގެ ހިދުމަތް އެ ފްލެޓްތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން ހުރިހާ ފްލެޓެއްގައި ނަރުދަމާގެ ހިދުމަތް ވެސް ގާއިމްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށްނިމޭނެ ކަމަށެވެ.
މިހާރު ބައެއް އާއިލާތަކުން ވަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
އެމްއައި ކޮލެޖްގެ އައިޓީ ޑީން އަތުގައި "ފޭކް" ސެޓްފިކެޓެއް!
ތުޅާދޫ ހައުސިން ޔުނިޓުތަކުގެ ފައިނަލް ލިސްޓު ބާތިލުކޮށްފި
ސަފާރީއެއްގައި ބަނގުރާ ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
