ދިގު މެދުކެނޑުމަކަށްފަހު މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ އާ އަލްބަމެއް މިއަހަރުގެ ތެރޭގައި ރިލީޒް ކުރާނެ ކަން އެ ބޭންޑުން އިއުލާން ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އަހަރުތަކަކަށްފަހު ކޭޕޮޕް އެނބުރި އަންނަ މި އަލްބަމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށެވެ.
މި ހަބަރުތައް ދެކުނު ކޮރެއާގެ ނޫސްތަކުގައި ދައުރުވާން ފެށި ފަހުން އެ ބޭންޑުގެ ބެލެނިވެރި ކުންފުނި ބިގް ހިޓް އެންޓަޓެއިންމަންޓުން ވެސް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.
އެ ކުންފުނިން އެކަން ޔަގީން ކޮށްދީފައިވަނީ ބޭންޑުގެ މެމްބަރުންގެ އަތު ލިޔުމުން ލިޔެފައިވާ މެސެޖުތަކެއް ހިމަނައިގެން ސޯޝްލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
މިއީ 2022 ވަނަ އަހަރުގެ ފަހުން ބީޓީއެސް އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޭންޑުގެ މެމްބަރުން ވަނީ ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތް ފުރިހަމަ ކޮށް އަމިއްލަ މިއުޒިކް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ބީޓީއެސްއަކީ ދިވެހި ރާއްޖޭގެ އިތުރުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ބޭންޑަކަށް ވާއިރު އެ ބޭންޑުގެ އެނބުރި އައުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ޓައީ އަޅައި ކޯޓުލައިގެން ދަރިވަރުން ކިޔަވަން ތިބޭގޮތް ހެދުން ގޯސް
ހުދު ދަތްޕިލައަކަށް ގޭގައި ކުރެވިދާނެ ދެތިން ކަމެއް!
ރަފާހް ބޯޑަރަށް އެންޖެލީނާގެ ޒިއާރަތެއް!