ހިނގަމުންމިދާ ވިހި ވަނަ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. ބިލުގައި ހުށަހަޅާފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ކުރު ކުރުމުން ދެން ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޑިސެމްބަރު މަހުގެ 1 ގައި ބާއްވަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ 1 ވަނަ ދުވަހަށް މިހާރުގެ މަޖިލިސް ދައުރު ހަމަވެ، އައު މަޖިލީހުގެ އިދާރީ ކަންކަން އެދުވަހަށް ނިންމަން ލާޒިމް ވާނެ އެވެ.
މި އިސްލާހުތައް ހުށަހެޅުމަށް ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށް، މެންބަރުން މިހާރު ވަނީ އެޖެންޑާ ފޮނުވައިފަ އެވެ. އަދި އެ ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
މަޖިލީހުން ދެ މަހުގެ ޗުއްޓީއަށް ދިޔައީ މިދިޔަ މަހު ކުރީކޮޅު އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން އެދޭ ނަމަ، ދައުރުން ބޭރުން ޖަލްސާ ބޭއްވޭނެ އެވެ.ޗުއްޓީއަށް ފަހު، މި އަހަރަށް މަޖިލިސް ހުޅުވޭނީ އަންނަ މަހު އެވެ.
ރައީސް މުހައްމަދު މުއިއްޒުވަނީ ދެ އިންތިހާބު އެއްކޮށްލައްވާނެ ކަމަށް މިދިޔަ އަހަރު ޖުލައި މަހު އިއުލާން ކުރައްވާފަ އެވެ. އަދި ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށްވެސް ރައީސް އޭރުވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅުން މީގެ ކުރިން ވަނީ ރައީސް މުއިއްޒު އިންތިހާބުތައް ގަޑުބަޑުކޮށް ވޯޓު އޮޅުވާލުމަށް މަސައްކަތްތަކެއް ރާއްވަވަމުން ގެންދާކަމަށް ތުހުމަތުކޮށްފަ އެވެ. އެހެންކަމުން ގާނޫނުއަސާސީއަށް ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހަށް އެމްޑީޕީން ދެކޮޅު ހަދާނެކަމަށް ބެލެ ވެއެވެ.
"ފަލަސްތީން 36"އަށް ގިނަ ކާމިޔާބީތަކެއް!
އެސްޓީއޯއިން އެކަނިވެސް މިހާރު 900 އަށްވުރެ ގިނަ ބޭސް އެތެރެކުރޭ