ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހިމެނޭ މީހުން ފައިސާ ހަރަދު ކުރީ ޖުވާ ކުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ކުށަކަށް ހަދައި، އެ ކުށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އަންނަ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ޖުވާ ކުޅުމަށް ބޭނުންކުރި އެ ފައިސާ މިހާރު ގެއްލިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ޖުވާ ކުޅެގެން ލިބޭ ފައިސާ އެކައުންޓްތަކަށް ޖަމާކުރަން ބޭނުންކުރަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ކަމަށެވެ.
"އެންމެ ބޮޑު ވައްކަން، ސިނގިރޭޓްގެ ވައްކަމުގެ ތެރޭގައިވެސް އެކަމުގެ ފައިސާ ލިބުނު ފަރާތްތަކުން ވަނީ އެ ފައިސާ އަށް ބެޓްކޮށް، ޖުވާ ކުޅޭ އޭގެން ނަފާ ހޯދަން މަސައްކަތްކޮށް، އެ ހުރިހާ ފައިސާއެއް ގެއްލިފައި، އެ ފަރާތްތަކުން ޖުވާ ކުޅެގެން ލިބުނު ފައިދާ، އެ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދޭންވެސް ވަކި ކުންފުނިތަކެއް ހަދާފައި، ޖުވާ ކުޅޭ މީހުން ހަދާފައި ހުރިކަންވެސް އެކަމުގެ ތެރެއިން އެނގިފައިވޭ،". ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ޖުވާ ކުޅޭ ވެބްސައިޓްތަކަށް ވަނުމާއި، ބެޓް ކުރުމާއި، ޖުވާ ކުޅުމުގެ ކަންކަން ހުއްޓުވުމަށްޓަކައި ބޭންކުތަކުގެ ކާޑުތައް ވެސް އެފަދަ ކަންކަމުގައި ބޭނުން ނުކުރެވޭ ގޮތް ހަދަމުން އަންނަ ކަމަށެެވެ. އަދި މި ބިލްގެ ބޭނުމަކީ މިފަދަ މައްސަލަތައް ގާނޫނީ ގޮތުން ފިޔަވަޅު އަޅައި، ހައްލެއް ގެނެސްދިނުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އޭގެ މާނާއަކީ، ބެޓް ކުރުމައި ޖުވާ ކުޅުމުގެ ކަންތައްތައް މި ހިނގާ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތަކެއްވެސް އެބަ ހުއްޓޭ. ރާއްޖޭގައި ބޭންކްތަަށް އެ މުއާމަލާތްތައް ނުހޯދޭވަރުގެ ކުދިކުދި އަަދަދުތަކުން އެ ކުޅޭ ފަރާތްތަކުގެ އެކައުންޓްތަކަށް އެ ކުންފުނިތަކުން ޖަމާ ކޮށްދެމުން ގެންގޮސްފައިވޭ،". ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގަ ކެންސަރު ޖެހުން އާންމު ވަނީ ދުންފަތުގެ ސަބަބުން: ނާޒިމް
ދެ ޖިންސަށް ވަކިން ކިޔަވައިދޭން ނުވިސްނާ ކަމަށް ބުނެފި
ފޭސް 3 ހިއްކިއިރު އޮތް ބާޖު އޭގެ ވެރިފަރާތަށް ނުދިން
