ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ދިރާސާގެ މަސައްކަތް 10 ދުވަހުން ނިންމާލަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މައި 2 އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. ފަލާހު އިއްޔެ ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާ ބާއްވަން ޖެހޭނީ އެކުގައި ކަމަށެވެ.
މީގެ އިތުރުން 20ވަނަ މަޖިލީހަށް ފަހު ދެން އިންތިހާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީހުޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާހު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ގާނޫނުއަސާސީއަށް ހުށަހެޅި މި އިސްލާހުތަކާ އެކު މިހާރު ޗުއްޓީގައި އޮތް މަޖިލީހުން ވަނީ މިއަދު ދައުރުން ބޭރުން ޖަލްސާއެއް ވެސް ބާއްވާފަ އެވެ. މި ޖަލްސާގައި، އިސްލާހު ބަލައިގަތުމަށް 51 މެންބަރުންގެ ތެރެއިން، ފަސް މެންބަރަކު ފިޔަވައި ދެން ތިބި މެންބަރުން ވޯޓުދެއްވި އެވެ.
މިއާއި އެކު މި އިސްލާހު ދިރާސާކުރުމަށް ސުންގަޑި ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ އިސްލާހަށް އާންމުން ޚިޔާލު ހުށަހެޅުމަށް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުދީ، އިސްލާހުގެ މަސައްކަތް ހަމަ އެ ދުވަހު ނިންމާލުމަށެވެ.
ފަލާހު ހުށަހެޅުއްވި އިސްލާހު ކޮމިޓީން ނިންމުމަށްފަހު މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އިސްލާހު ތަސްދީގުކުރައްވައިފި ނަމަ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި، މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެ އެވެ.
އަންނަ މަހު 12 ގައި ތޮއްޑުއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ
ޓިމޮތީގެ ހުއްޓުމެއް ނެތް ޝުކުރު ކައިލީއަށް!
މަދޫރޯއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފި