މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކޮށް ހިންގަން ޑީޕީ ވޯލްޑަށް ކުއްޔަށްދޭން ސަރުކާރުން އުޅޭ ކަމަށް ތުހުމަތުކޮށް، އެތަން އަތުލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކުންފުންނަށް އިންޒާރުކޮށްފި އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ މާލޭގެ ވިޔަފާރި ބަނދަރާ ކައިރިނުވުމަށް ޑީޕީ ވޯލްޑަށް އިންޒާރުކޮށްފަ އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން އެތަން ޑީޕީ ވޯލްޑަށް ދިނަސް އެމަނިކުފާނުގެެ ވެރިކަމުގައި އެތަން އަތުލާނެ ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރު ޑީޕީ ވޯލްޑަށް ކުއްޔަށް ދިނުމަކީ ރާއްޖޭގެ މައި އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުންފަދަ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ހިންގާ ބޮޑު ޖަރީމާއެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޑީޕީ ވޯލްޑުން އެފަދަ ހުށަހެޅުމެއް ހުށަހެޅި ކަމަށާއި ނަމަވެސް އެކަން ނުކުރެވޭނެކަން އެ ކުންފުންޏަށް އެންގެވި ކަމަށެވެ.
"ދެން މީގަ މުއިއްޒަށް ލިބޭ ފައިސާއެއް ލިބޭނެ. ޒަމީރަށް ލިބޭ ފައިސާއެއް ލިބޭނެ. މި ހުންނަނީ ޖިނާއީ ބޮޑެތި ކަންތައްތައް،" ޔާމީން ވިދާޅުވި އެވެ.
ޑީޕީ ވޯލްޑުން މާލޭގެ ވިޔަފާރި ބަނދަރު ހިންގުމުގެ ނަތީޖާއަކަށް ވާނީ މުދަލުގެ އަގު ބޮޑުވެ، ދިވެހީންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މުސްތަގުބަލުގައި މާލޭގެ ވިޔަފާރި ބަނދަރުގެ ގިނަ ވަޒީފާތައް ލިބޭނީ އިންޑިއާގެ މީހުންނަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން ޑީޕީ ވޯލްޑަށް މާލޭގެ ވިޔަފާރި ބަނދަރު ކުއްޔަށްދިނުން ހުއްޓުވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހާއްސަ ބޭނުންތަކަށް ނަގާ ޗުއްޓީއަށް އެދި ސީދާ ކޮމިޝަނަށް ހުށަހެޅޭ
ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް

ޔާމީންގެ ވާހަކަފުޅުން އަޅުގްނޑަށް މޭރުންވީ، އެމަނިކުފާނު އެވާހަކަފުޅުދެއްކެވީ ގައުމީ ލަހުޖާއަކުން އަކުންކަމެވެ، އެއީ އިދިކޮޅު ޕާޓީއަކުން ދެއްކެވި ވާހަކައަކަށްވުރެ ބޮޑަށް ދިވެހިރާއްޖެދެކެ ލޯބިވާ ދަރިއަކު ދެއްކެވި ވާހަކަފުޅެކެވެ، އެމަނިކުފާނުގެ ވާހަކަފުޅުގައި އެވަނީ ހުސްތެދެވެ، އިޚްލާޞްތެރިކަމެވެ، މިރާއްޖެއަށް ލިބިދާނެ މާސިންގާ ގެއްލުމެއްގެ ވާހަކައެވެ،ވަކިޕާޓީއެއްވެގެން މިފަދަކަންކަމުން ރެކެވޭކަށްނެތެވެ، ދިވެހި ކޮންމެރައްޔިތަކު މިފަދަ ކަންކަމާ އަޑުއުފުލައި ހުއްޓުވުމަށް މަސައްކަތްފަށަން ވެއްޖެއެވެ.
ރިޕްލައި