އެތައް ހަފްތާއެއްގެ ދިގު އިންތިޒާރަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފްގެ އަލަތު ދަރިފުޅުގެ ނަން ހާމަކޮށްފި އެވެ.
އިންސްޓަގްރާމްގައި ވިކީއާއި ކެޓްރީނާ ގުޅިގެން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންގެ ދަރިފުޅު ވިހާން ކައުޝަލްއަކީ އެ މީހުންގެ ދިރިއުޅުމަށް ލިބުނު އުއްމީދުގެ ހުޅުކޮޅެއް ކަމަށެވެ.
އެ ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯއިން ފެންނަނީ އަލަތު މައިންބަފައިން އެމީހުންގެ ދަރިފުޅުގެ ތުއްތު ތުއްތު އަތުގައި ހިފައިގެން ތިބި މަންޒަރެވެ.
ވިކީއާއި ކެޓްރީނާގެ ދަރިފުޅުގެ ނަން ދުނިޔެއަށް ހާމަކޮށްފައިވާއިރު އެ ނަމަކީ އެ ދެމީހުންނަށް، ހާއްސަކޮށް ވިކީއަށް ވަރަށް ހާއްސަ ނަމެކެވެ.
އެގޮތުން އެ ނަމަކީ 2019 ވަނަ އަހަރު ރިލީޒް ކުރެވުނު ވިކީގެ ފިލްމު "ޔޫއާރްއައި:ދަ ސާޖިކަލް ސްޓްރައިކް"ގައި އޭނާގެ ކެރެކްޓަރަށް ކިޔާ ނަންކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
ވިހާންގެ ނަން ހާމަކުރުމާއެކު ބޮލީވުޑްގެ ތަރިންގެ އިތުރުން ވެސް އާއްމުންގެ ގިނަ ބަޔަކު އަންނަނީ އެ އާއިލާއަށް މަރުހަބާއާއި ތަހުނިޔާ ކިޔަމުންނެވެ.
ކުޑަ ދުވަސްކޮޅެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2021 ވަނަ އަހަރުގެ ތެރޭގައި ކައިވެނިކުރި ވިކީއާއި ކެޓްރީނާއަށް ވިހާން ލިބިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގާނޫނު ތަސްދީގު ކުރައްވައިފި
ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލައެއް ރިޕޯޓް ކުރި: ފުލުހުން