ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއަޕީ ސާވިސްގެ އަގުބޮޑުކޮށް، ރިސޯޓުތަކުން އެއާޕޯޓްގައި ބޭނުންކުރާ ވެހިކަލްތަކުން އަހަރަކު 24،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދައިފި އެވެ.
ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި ދިވެހިން ސީއަޕީ ސާވިސްގެ މާމަހި ލައުންޖް އަގުބޮޑުކޮށްފައިވާ ކަން އެމްއޭސީއެލްއިން ވަނީ އަންގާފަ އެވެ. އެކަމާ ގުޅިގެން އެ ކުންފުނިން ބުނީ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ މާމަހި ލައުންޖުގެ ހިދުމަތްތައް ރަނގަޅުކުރުމަށް ތަނަށް ބަދަލުތަކެއް ގެނައުމަށްފަހު ކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅު ހިދުމަތް ދިނުމުގެ ގޮތުން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަގުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ނަގަމުން އައީ ބޮލަކަށް 219 ޑޮލަރެވެ. އަދި މި އަހަރުގެ ޖެނުއަރީ އިން ފެށިގެން 275 ޑޮލަރު ނަގާއިރު އަންނަ އޮކްޓޫބަރުން ފެށިގެން 400 ޑޮލަރު ނެގުމަށް އެ ކުންފުނިން މެމޯއެއް ނެރެފަ އެވެ. "ހުރިހާ" އަށް އެ މެމޯގެ ކޮޕީއެއް ލިބިފައިވެ އެވެ.
މިކަމުގެ ސަބަބުން ރިސޯޓްތަކުން އަންނަނީ މި އަގުތަކާ އެއްވަރަށް އެތަނުން ހިދުމަތް ނުދެވޭ ކަމުގެ ޝަކުވާ ކުރަމުންނެވެ .
މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ގޮތުން އެއާޕޯޓްގައި ދުއްވާ ރިސޯޓުތަކުގެ ކޮންމެ އުޅަނދަކުން އަހަރަކު 24،000 ޑޮލަރު އެމްއޭސީއެލްއަށް ދައްކަން ޖެހޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.
މިކަމާ ގުޅިގެން އެއާޕޯޓްގައި ރިސޯޓު ވެހިކަލް އޮޕަރޭޓު ކުރާ ފަރާތަކުން ބުނީ އެއާޕޯޓް ވެހިކަލް ޕާމިޓްގެ ގޮތުގައި ވެހިކަލްއަކަށް އަހަރަކު 24،000 ޑޮލަރު ދައްކަން އެމްއޭސީއެލްއިން އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ވެސް ގިނަ ރިސޯޓުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއޭސީއެލް އިން އެއާލައިންތަކުން ނަގާ ފީތައް ބޮޑު ކުރި ކަމަށް ބުނެ ނިމިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުގެ އެކައުންޓަކަށް އެއާލައިން ފީތައް ޖަމާކުރަން މަސައްކަތް ކުރާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް މީގެން އެއްވެސް ކަމަކަށް އެމްއޭސީއެލްއިން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށް މެންޑޭޓްގައި ނުހިމެނޭ އެތައް ކަމެއް ކުރަން މި ސަރުކާރުން ހަވާލުކޮށްފައިވެ އެވެ. އެގޮތުން ބައެއް ކުދި ކުދި ރަށްރަށުގައި ޑޮމެސްޓިކް އެއާޕޯޓު ހަދައި ހިންގުމާއި ހުޅުމާލެ ފޭސްތިނަކާއި ރަސްމާލެ ހިއްކުން ފަދަ މަޝްރޫއުތަކާއި 63 ރަށެގައި ޖިމް ގާއިމް ކުރުން ފަދަ ކަންކަން އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ފުސްވެފައިވާ އުޑުމަތި މަޑުމަޑުން ސާފުވާން ފަށައިފި
ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީއެއް ނުހަދަން: ބްރޭޑްލީ
ވެދާންގްއާއި ހުޝީގެ ގުޅުން ނިމުމަކަށް!
ފާޑުފާޑު ނަންތައް ކިޔާފާ ޑޮލަރު ނަގަނީ ވާކަމެއް ނެތް ޑޮލަރެއް 22 ރުފިޔާއަށް
ރިޕްލައި