ފާޅުގައި އަވަށްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާ ސުވާލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.
މިނިސްޓަރު ހަލީލްއާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މި މައްސަލައަކީ ދިގު މުއްދަތަކަށް ލަންކާއަށްދާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، ހައި ކޮމިޝަނަރު އެ ގައުމުގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވިއިރު ދެއްކެވި ވާހަކަތަކާ ގުޅޭ މައްސަލައެކެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ދޮންމަންމައަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި، ދޮން މީހުންނާއި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފަ އެވެ.
ސްރީލަންކާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެ، އިމާދު ވަނީ ލަންކާގެ ކަމާގުޅޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މަސްއޫދު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ވިސާ ހޯދުމަށްޓަކައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އިމިގްރޭޝަން އޮފީހުގެ ދިގު ކިއުތަކުގައި މަޑުކުރަން ޖެހެ އެވެ. އަދި އެހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށް ހުންނަ ފަސޭހަތައް ދިވެހިންނަށް ނުލިބޭކަން ފާހަގަކުރެއްވި އެވެ.
ސަފީރު ވިދާޅުވީ، ހަމުގެ ކުލަ އަލި މީހުންނަށް އެކަނި އިސްކަންދީ، އެ މީހުންނަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި އިމިގްރޭޝަން އޮފިޝަލުން ދެކޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވަކިން ހުށަހަޅާ ވިސާ އެޕްލިކޭޝަންތަކަށް ގިނަ ވަގުތު ހޭދަވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން ސަފީރު ފާހަގަކުރެއްވި އެވެ. މިއީ އިމިގްރޭޝަންގެ ތެރޭގައި ހިނގާ މާލީ މަންފާތަކަކާ ގުޅުންހުރި ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހާއްސަކޮށް ކިޔަވާ ކުދިންނާއި ބެލެނިވެރިން ވިސާ ހޯދުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަސްއޫދު ވިދާޅުވި އެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ، ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ރާއްޖެއިން ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
މަސްއޫދުގެ ވާހަކަތަކާ ގުޅިގެން ހާރިޖީ ދާއިރާގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެއީ ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅަކު، ހާއްސަކޮށް އަވަށްޓެރި ގައުމަކަށް އައްޔަންކުރައްވާފައިވާ ހައި ކޮމިޝަނަރަކު ވާހަކަދައްކަވައިގެން ވާނެ ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު ދާދިފަހުން ދެއްކެވި ވާހަކަތަކަކީ ވިސްނުންތެރިކަމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
މި މައްސަލައިގައި ސަރުކާރުގެ ވިސްނުން އޮޅުންފިލުވައި ދިނުމަށް މީކާއިލް ވަނީ ފޮރިން މިނިސްޓަރު ހަލީލާ ކުރެއްވުމަށް ހުށަހެޅުއްވި ސުވާލު ހިއްސާކުރައްވައިފަ އެވެ.
އެ ސުވާލުގައި ވަނީ ސްރީ ލަންކާގެ ޑެއިލީ ނިއުސއަށް މަސްއޫދު ދެއްވި އިންޓަވިއުއެއްގައި ލަންކާއަށް ދަތުރުކުރާ ދިވެހީންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފިނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ޑިޕްލޮމަސީއާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވަށްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ވަނީ ސުވާލުކޮށްފަ އެވެ.
ޝަމާހު ވިދާޅުވީ އެ އޯޑިއޯއަކީ ހަދާފައިވާ އެއްޗެއް ކަމަށް
"މަ ކުރި ކަންތައް އެނގޭނަމަ އެ މީހުން ނޯށުން ރޯނެ"
"ކެޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ"