ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ވިރާސީ މުދަލުގެ މައްސަލައިގައި 25 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އޭނާއަށް ބޮޑު ކާމިޔާބެއް ލިބިއްޖެ އެވެ.
ބޯޕާލްގެ ސިވިލް ކޯޓަކުން ދާދި ފަހުން ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ ސިޓީގައި އޮތް 12.62 އޭކަރުގެ ބިމަކީ ސައިފް ނިސްބަތްވާ ބޯޕާލްގެ ޝާހީ އާއިލާ ކަމަށްވާ ޕަތޯޑީ އާއިލާގެ މިލްކިއްޔާތެއް ކަމަށެވެ.
ކޯޓުގެ މި އަމުރަކީ އެ ބިން ހުރި ސަރަހައްދުގައި ދިރިއުޅޭ އާއިލާއަކުން ކޯޓަށް ހުށައެޅި މައްސަލައެއްގެ ޝަރީއަތަށްފަހު ކޮށްފައިވާ އަމުރެކެވެ.
އެ މައްސަލާގައި މައްސަލަ ހުށައެޅި ފަރާތުން ބުނެފައިވަނީ އެ ބިމަކީ 1936 ވަނަ އަހަރު ބޯޕާލްގައި ރަސްކަންކުރި ނަވާބުގެ ފަރާތުން އެ ރަސްކަމުގައި މަސައްކަތްކުރި މުވައްޒަފަކަށް ހަދިޔާއެއްގެ ގޮތުގައި ދިން ބިމެއް ކަމަށެވެ. މައްސަލަ ހުށައެޅީ އެ މުވައްޒަފުގެ ވާރިސުންނެވެ.
އެހެން ނަމަވެސް އެކަމުގެ ސާފު ހެއްކެއް ދެއްކިފައި ނުވާތީއާއެކު ކޯޓުން ނިންމާފައިވަނީ އެ ބިމުގެ މިލްކުވެރިކަން ލިބޭނީ ސައިފް އަލީ ޚާންއާއި ޝަރްމީލާ ޓެގޯރް އަދި ސޯހާ އަލީ ޚާންގެ އިތުރުން ވެސް ޝާހީ އާއިލާގެ އެހެން ވާރިސުންނަށެވެ.
މި މައްސަލަ ޝަރީއަތުގެ މަރުހަލާގައި ކުރިއަށްދާތާ ދިހަ އަހަރަށްފަހު ސައިފްއަށް ކާމިޔާބު ވެފައިވާއިރު މިއީ ހައްގު ނިންމުމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ފިރުއައުނާއި ނަމްރޫދުގެ ނިމުމަށް ވުރެ ޓްރަމްޕްގެ ނިމުން ހިތިވާނެ
ފަރުވާދެމުން ދަނިކޮށް "މަސްވެރި އަލިބެ" ނިޔާވެއްޖެ
އެމެރިކާއިން އިރާނަށް ހަމަލަދޭން ތައްޔާރުވެއްޖެ