ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި އެވެ.
މި ފިހާރައިގެ ސަބަބުން މި ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މި ގޮތުން، ހުޅުމާލެ ފޭސް 1ގެ ހުވަނދުމާ ހިނގުމުގައި (ކޮމަރޝަލް ޔުނިޓް A-01-04 223000) ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ. މި ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދެއް ކަމުގައި ވެފައި، މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބޭނެ އެވެ.
މި ޕަރޓްނަރ ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:
- ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
- ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން
- ޕްރީޕެއިޑް ރީޗާޖުކުރުން
- ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން
މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރައިން ހިދުމަތްތައް ހޯދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް3 ޕްރޯއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 26 ޖަނަވަރީ 2026ގެ ނިޔަލަށެވެ.
ދިރާގުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަސް އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.
ބީއެމްއެލް އިން ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިވެއްޖެ
