ރިޔާދު (26 އޭޕްރީލް) - ސައޫދީ އަރަބިޔާގައި މާބަނޑު އަންހެނުންނަށް ކޮވިޑް-19ގެ ވެކްސިން ޖެހުން ހުއްދަކޮށް، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ގައުމުގެ ސިއްހީ ވުޒާރާއިން ވަނީ ހާއްސަ ސައިންސްވެރިންގެ ކޮމެޓީއެއްގެ ލަފާގެ މަތިން މާބަނޑު އަންހެނުންނަށް ދިނުން ރައްކާތެރި ވެކްސިން އެބަހުރި ކަމަށް ބުނެފަ އެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެކްސިންގެ ސަބަބުން މާބަނޑު އަންހެނުންނާއި ބަނޑުގައިވާ ދަރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ސައިސްވެރިންގެ ހޯދުންތަކުން ދައްކާ ކަމަށް ވަނީ ބުނެފަ އެވެ.
ސައޫދީގެ މި ނިންމުމަކީ މާބަނޑު އަންހެނުންނަށް ވެކްސިން ޖެހުން ރައްކާތެރިކަމަށް އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާފައިވަނިކޮށް ނިންމި ނިންމުމެކެވެ.
މި ބަޔާނުގައި އިތުރަށް އެ ގައުމުގެ ހުރިހާ މާބަނޑު އަންހެނުން ވެކްސިން ޖެހުމަށް ގޮވާލާފައިވެ އެވެ.
ސައޫދީ އަރަބިޔާގައި މިހާތަނަށް އަށް މިލިއަށް މީހުންނަށް ވެކްސިން ދީފައިވާއިރު، ވެކްސިން ޕްރޮގްރާމްތައް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް އެ ގައުމުން ބުނެ އެވެ. -- އަލް އަރަބިއާ
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ރިސޯޓް ޗެއިން
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް