ފިލްމުތަކަށް ލަވަކިޔުން ހުއްޓާލުމަށްފަހު ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަރިޖީތު ސިންހް އިންޑިއާގެ ސިޔާސީ މަޝްރަހަށް މިސްރާބު ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެންޑީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަރިޖީތުގެ ވިސްނުން ހުރީ އޭނާގެ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަ ކުރުމަށެވެ.
އެހެން ނަމަވެސް އެ ނިންމުމަކީ އަވަހަށް ނިންމާނެ ނިންމުމެއް ނޫން ކަމަށާއި އެހެން ކަމުން ބެންގާލްގެ ކުރިއަށް އޮތް އިންތިހާބުގައި އޭނާ ވާދަކުރުން ދުރު ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އަރިޖީތުގެ ސިޔާސީ ހަޔާތް ފެށުމުގެ ކަންކަން އޭނާގެ ޓީމުން މިހާރު ވެސް ކުރަމުން އަންނައިރު އެ ބޮޑު ބަދަލަށް އޭނާ އަންނަނީ ތައްޔާރު ވަމުން ކަމަށް ވެސް ބުނެވެ އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން މިދިޔަ ހަފްތާގައި އަރިޖީތު އިއުލާން ކުރުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއީ އޭނާގެ އުމުރަކީ އެންމެ 37 އަހަރު ކަމަށްވެފައި އޭނާއަކީ އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއަކަށް ވާތީ އެވެ.
އެހެން ނަމަވެސް މި ރިޕޯޓަކީ ތެދު ރިޕޯޓަކަށް ވާނަމަ މުނިފޫހި ފިލުވުމުގެ ދާއިރާއިން އަރިޖީތު ދުރަށްދިޔަ ސަބަބު ޔަގީންވީ އެވެ. ބޮލީވުޑްގެ އެހެން ގިނަ ތަރިންތަކެއް ވެސް ވަނީ ސިޔާސީ ދާއިރާއާ ގުޅިފަ އެވެ.
އެންމެ ފަހުން އެމްބާގެ ރުޅިގަނޑު ފަޅައިގެން ގޮސްފި
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި