ވިހެއުމުގެ ތެރޭގައި ސަލްމާ ނަސީރު މަރުވި މައްސަލަ ތަހުގީގުކޮށްދިނުމަށް ސަލްމާގެ ފިރިމީހާ އިބްރާހީމް އަދުހަމްގެ ފަރާތުން ގާނޫނީ ގޮތުން މަސައްކަތް ކުރާ އެޑްވޮކެސީ ޗެމްބާސް އިން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
މިއަދު ހުށަހެޅި މައްސަލާގައި އެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ވެސް އެދިފައިވެ އެވެ.
އެޑްވޮކެސީ ޗެމްބާސް އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހާއަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނުވާކަން ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިަލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ އެއީ ޖިނާއީ މައްސަލައެއް ކަމަށް ވާތީ ކަމަށް ސިޓީގައިވެ އެވެ.
"ސަލްމާ ނަސީރު ނިޔާވި ހާދިސާއާއި ގުޅިގެން އެ ފަރާތުގެ މެޑިކަލް ރިކޯޑްސް ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން އެ ލިޔުންތައް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން މިހާތަނަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކުރަމެވެ. އަދި ދަންނަވަމެވެ. މި ހާދިސާގައި ޝާމިލްވާ ބައެއް ފަރާތްތަކަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަށް ވެފައި، މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށްޓަކައި މިި މައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓު ތަހުގީގު ނިމެންދެން ހިފަހައްޓައިދިނުމަށް އެދެމެވެ،" ސިޓީގައިވެ އެވެ.
ސަލްމާ މަރުވީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާ އަށް ފޮނުވި ސިޓީގައިވެ އެވެ.
ސަލްމާ މަރުވި މައްސަލާގައި މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"ސަލްމާ ނަސީރު މަރުވި" !!! ބޮޑެތި ކާފަރުންގެ ނަން ޖަހާފަ "އަވަހާރަވި، ނިޔާވި" !!! އަމިއްލަ ދިވެހިންނަށް މިސްލިމުންނަށް ދެވޭ ރެސްޕެކްޓަކީ މީ... !!!