ދަރަނީގެ މައްސަލައެއްގައި ބޮލީވުޑްގެ ކޮމީޑިއަން އެކްޓަރު ރާޖްޕަލް ޔާދަވް ޖަލަށް ލާން އިންޑިއާގެ ވެރިރަށް ދިއްލީގެ ކޯޓަކުން އަމުރު ނެރެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރާޖްޕަލްއަށް އެ ހުކުމް އައިސްފައިވަނީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން އޭނާ ނަގާފައިވާ ދަރަންޏެއް މިއަދާ ހަމައަށް ދައްކާފައިނުވާކަން ސާބިތުވުމުންނެވެ.
2010 ވަނަ އަހަރު އިންޑިއާގެ އަމިއްލަ ކުންފުންޏަކުން ނުވަ ކްރޯޑް ރުޕީސްގެ ލޯނެއް ރާޖްޕަލް ނެގީ އޭނާ އެންމެ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު "އަތާ ޕަތާ ލާޕަތާ"އަށް ފައިސާ ހޯދުމަށެވެ.
އެހެން ނަމަވެސް އެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބު ވުމުގެ ނަތީޖާއަކަށްވީ ލޯނު ދެއްކުމުގައި އޭނާއަށް ދަތިތަކާ ކުރިމަތިވެ ދައްކަންޖެތޭ ފައިސާ ފުނި ޖެހުމެވެ.
އެއަށްފަހު ދަރަނި ދެއްކުމުގެ ގޮތުން ރާޖްޕަލްގެ ފަރާތުން ދިން ޖުމްލަ ހަތް ޗެކެއް ބައުންސް ވެފައިވާ ކަމަށް ވެސް ދައުވާކުރި ފަރާތުން ބުނެފައިވެ އެވެ.
އެހެންކަމުން ފައިސާގެ އިހުމާލު ވެފައިވާ ކަމުގެ ކުށް ރާޖްޕާލްގެ މައްޗަށް ސާބިތުވެ ކޯޓުން ވަނީ އޭނާ ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
ރާޖްޕާލްއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ހެއްވާ މަޖާ ރޯލުތަކެއް ކުޅެފައިވާ ބެލުންތެރިން ހެއްވާލަން ކުޅަދާނަ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރެކެވެ.
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
މި މަހު މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހަދަނީ
ލާމަރުކަޒީ ނިޒާމާ ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް: ސޯލިހު