ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 12 ވާ ބުދަ ދުވަހުގެރޭ ބޭއްވުމަށް އެ ޕާޓީން ހަމަޖައްސައިފި އެވެ.
"ހޭވައްލާ ތައްޔާރު" ގެ ނަމުގައި ބާއްވާ މި ކެމްޕޭން ލޯންޗިން ޖަލްސާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ. މިއީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ހަރަކާތެވެ.
އެމްޑީޕީން ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ޕްރައިމަރީއެއް ބާއްވާފައެވެ. ޕްރައިމަރީއަށް ފަހު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މުހިންމު އިންތިޚާބެކެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް މަޖިލީހުން ހަދައިފި
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ލިސްޓުން އުނިކޮށްފި