ކުރިއަށް އޮތް ރަމަޟާން މަހުގެ މުނާސަބަތުގައި ފެނަކަ ކޯޕަރޭޝަންގެ ކޮންމެ މުވައްޒަފަކަށް ހަދިޔާގެ ގޮތުގައި ވައުޗަރެއް ދިނުމަށް އެ ކުންފުނިން ކުރިން ނިންމި ނިންމުން ބާތިލުކޮށްފި އެވެ. މިކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިހާރު ވަނީ އަންގާފަ އެވެ.
ފެނަކައިން ނެރުނު އެތެރޭގެ މެމޯއެއްގައި ބުނެފައިވަނީ، ރޯދަ މަހުގެ ހަދިޔާގެ ގޮތުގައި އެސްޓީއޯގެ ވައުޗަރެއް ކޮންމެ މުވައްޒަފަކަށް ދިނުމަށް މީގެ ކުރިން ނިންމައި އެކަން އަންގާފައި އޮތް ނަމަވެސް، މިހާރު އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ.
އަތޮޅު ތެރޭގެ ބްރާންޗު ތަކަށް ފޮނުވި ސިޓީގައި ފެނަކައިން ބުނެފައިވަނީ، މި އަހަރުގެ ރަމަޟާން މަހަށް، ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދިނުމަށް މެނޭޖުމެންޓުން ނިންމި ކަމަށެވެ. ނަމަވެސް އެ ނިންމުން ބާތިލު ކުރެވިފައިވާކަން ފެނަކަ ބްރާންޗުތަކުގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށް އެ އެންގުމުގައިވެ އެވެ.
"މި އަހަރުގެ ރަމަޟާން މަހަށް، ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދިނުމަށް މެނޭޖުމެންޓުން ނިންމެވިކަން ހަވާލާދެންނެވުނު ދެންނެވުނު ނަމަވެސް، މި ނިންމުން ބާތިލުކުރެވިފައިވާކަން ތިޔަ ބްރާންޗުތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އަތޮޅު ތެރޭގެ ބްރާންޗުތަކަށް ފެނަކައިން ފޮނުވި މެމޯގައިވެ އެވެ.
މި އަހަރުގެ ރޯދަ މަހަށް ހަދިޔާ ދިނުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދޭން ނިންމާފައިވާކަން ފެނަކައިން މުވައްޒަފުންނަށް ފުރަތަމަ އެންގީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް، އެ ނިންމުން ކުއްލި ގޮތަކަށް ބާތިލުކުރަން ޖެހުނު އެއްވެސް ސަބަބެއް އެ ކުންފުނިން ނެރުނު މެމޯގައި ހާމަކޮށްފައެއް ނުވެ އެވެ.
މާސް ދޫކޮށް އިލަންގެ މިސްރާބު ހަނދަށް؟
ބުރުގާ އަޅާނަމަ އިސްތަށިގަނޑު ހަލާކުވަނީ ކީއްވެ؟
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 39 މާކްސް