ޓްރީޓޮޕް ހޮސްޕިޓަލުން ހަކުރު ބައްޔާއި ހޯމޯންސްގެ ބަލިތަކަށް ހާއްސަ އެންޑޮކްރިނޮލޮޖީގެ ހިދުމަތް މާލޭގައި ހުންނަ އެ ހޮސްޕިޓަލްގެ ކްލިނިކުން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލްގެ އެންޑޮކްރިނޮލޮޖީގެ ސުޕަ ސްޕެޝަލިސްޓްގެ ޑރ. ޕަންޖަކް ޓިވާޓްރީ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު މާލޭގައި ހުންނަ ޓްރީޓޮޕްގެ ކްލިނިކުން ބަލި މީހުން ބަލާނެ ކަމަށެވެ.
ޓްރީޓޮޕުން ބުނިގޮތުގައި އެ ދާއިރާއިގެ ގިނަ ކަންކަމަށް އެތަނުން ފަރުވާ ލިބޭނެ އެވެ. އޭގެ ތެރޭގައި ހަކުރުބައްޔާއި މެޓަބޮލިޒަމް : ޓައިޕް 1، ޓައިޕް 2، ގޭސްޓޭޝަނަލް އާއި ތައިރޮއިޑް ބަލިތައް ކަމަށްވާ ހައިޕާތައިރޮއިޑިޒަމް، ހިޕަޕޮތައިރޮއިޑިޒަމް އާއި ހޯމޯން އިމްބެލެންސްއާ ގުޅިފައިވާ ޕީސީއޯއެސް، ޓެސްޓޮސްޓިރޯން ދަށްވުން، އެޑްރިނަލް ގްލޭންޑްގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މީގެ އިތުރުން ކަށީގެ ބަލިތައް ކަމަށްވާ އޮސްޓިއޯޕޮރޮސިސް އަދި ކެލްސިއަމް މެޓަބޮލިޒަމްގެ ބަލިތަކާއި ގްރޯތް ހޯމޯން ނުވަތަ ޕިޓޫއިޓަރީ ފަންކްޝަން އާއި ގުޅުންހުރި މައްސަލަތަކަށް ވެސް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕުން ބުނިގޮތުގައި އެ ހޮސްޕިޓަލްގެ އެ އަމާޒަކީ ނިއުޓްރިޝަނުންނާއި ގައިނެކޮލޮޖީ އަދި ޑާމަޓޮލޮޖީގެ ސްޕެޝަލިސްޓުންނާ ގާތުން މަސައްކަތްކޮށްގެން ކޮންމެ ބަލިމީހަކަށް އެ މީހެއްގެ ހާލަތާ ގުޅޭގޮތަށް ފަރުވާގެ ސްޓްރެޓެޖީތައް އެކުލަވާލުމެވެ.
އެގޮތުން ހަކުރުބަލި ހުންނަ މީހުންނަށް ޚާއްޞަ ފަރުވާތަކާއި ޗެކްއަޕްތަކާއި ޕާސަނަލައިޒްޑް ކެއާ ޕްލޭންތައް އެކުލަވާލައިގެން ފަރުމާކޮށްފައިވާ ޕީސީއޯއެސް ޓްރީޓްމަންޓް ވެސް ލިބޭނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕުން ބުނިގޮތުގައި އެންޑޮކްރިނޮލޮޖީގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހޯދުމަށް 3351610 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށެވެ.
ޓްރީޓޮޕްގެ މާލޭ ކްލިނިކަށް އެ ހިދުމަތް ފުޅާކުރުމަކީ ވީހާ ވެސް ގާތުން ޚާއްސަ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފި
އެއް ދުވަހު މަރުވި 2 ގައިދީންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭރަށް
ތިނަދޫ ވެމްކޯ މުވައްޒަފަކު ކުޅުދުއްފުއްޓަށް ބަދަލުކޮށްފި