ސިނަމާލެ ބްރިޖާއި ވެލާނާ އެއާޕޯޓާއި ގުޅޭ ޖަންކްޝަންއގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ރޭ 11:15 ގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ މާލެ އިން ހުޅުމާލެ އަށް ދަތުރު ކުރި ކާރަކާއި ހުޅުމާލެ އިން އެއާޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ނިމިދިޔަ ހަފްތާގައިވެސް ސިނަމާލެ ބްރިޖުގައި ވަނީ ސައިކަލަކާއި ކާރެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގާފަ އެވެ. އެކްސިޑެންޓާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓާއި ގުޅިގެން އިތުރު ވެހިކަލްތަކެއްވެސް މުޑިއަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ގިގީ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ޒޭން އެއްބަސްވެއްޖެ
ބަލާ ފޫހި ނުވާނެ ހިތްގައިމު މަލުގެ ވާދީއެއް!
ހެދުން އަލަމާރި ފަޅު ފިލުވާލަން "ކެޕްސޫލް ވޯޑްރޯބް"!