ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު ނަވީން އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރަން ނިންމެވިކަން ނަވީން މިހާރު ވަނީ ފުލުހުންގެ އިސްވެރިންނަށް ވެސް އަންގަވައިފަ އެވެ.
ނަވީން ކުއްލި ގޮތަކަށް ރިޓަޔާ ކުރައްވާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޔުމުނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންނަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ހިލާފަށް އަމަލުކުރެއްވި ކަމަށް ތުހުމަތު މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ، ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފަ އެވެ.
ނަމަވެސް އެ ފިޔަވަޅު ތަންފީޒު ކޮށްފައެއް ނުވެއެވެ.
ބަންގްލްދޭޝްގެ އާބޮޑުވަޒީރު ހުވާކުރާ ރަސްމިއްޔާތަށް ދައުވަތުދީފި
އީރާނުން ޗައިނާއަށް ތެޔޮ ވިއްކުން ހުއްޓުވަނީ