ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ސައީސު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ އިއްޔެގަ އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްޚީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް ކަރެކްޝަން ސާވިސްގެ ތަރުޖަމާނު އައިމިނަތު ޔުސްރީން ވިދާޅުވި އެވެ.
ހަތަރު އަހަރުގެ ޖަލުހުމުެއް ތަންފީޒުކުރަމުން އަންނަ ސައީދުގެ ފަރާތުން ވަނީ ހިތުގެ މައްސަލައަކަށް ސިއްހީ ފަރުވާ ހޯދާ ކަމަށް މީގެ ކުރިން ޝަރީއަތުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.
ސައިދޫ އަށް ހަތަރު އަހަރުގެ ޖަލުހުކުމެއް އިއްވާފައި ވަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އޭގެ އިތުރުން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ވެސް ސައީދުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ފަސިންޖަރުން އުފުލުމުގައި ޓީއެމްއޭ އިން ރެކޯޑެއް
ޑޮމެސްޓިކް ދަތުރުތައް ކުރީގެ ޓާމިނަލަށް ބަދަލުކުރަނީ
ޓޮމް ކްރޫޒް ރޭލު މަތީގައި އިން ވީޑިއޯއާއެކު ކަންބޮޑުވުން