ބަންގްލަދޭޝްގެ އައު ސަރުކާރާ ހަވާލުވުމަށް ހުވާ ކުރާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒު އެގައުމަށް ވަޑައިގަތީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސްގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގައުމުގެ އާ ސަރުކާރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަނިކުފާނު މި ދަތުރުފުޅު ކުރައްވާނީ އަންނަ ބުދަ ދުވަހާ ހަމައަށެވެ.
މި ދަތުރުފުޅުގެ ތެރެއިން، މާދަމާ އޮންނަ ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާ ކުރާ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބީއެންޕީން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ، ތަހުނިޔާ ފޮނުއްވައި، އާ ސަރުކާރާއެކު ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބީއެންޕީ އާއި އެ ޕާޓީގެ ބައިވެރިން ވަނީ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 208 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިފަ އެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!