މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ކައިރީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެ މީހާ ނިޔާވީ 30 ޓަނުގެ ބޮޑު ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، މިއަދު މެންދުރުފަހު 3:57 ހާއިރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054، އިބްރާހީމް ނާސިހު 39އ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ވެލި ބަރުކޮށްގެން ދަތުރުކުރި އާރްސީސީ ކުންފުނީގެ 30 ޓަނުގެ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެންނެވެ.
ފުލުހުންގެ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ނާސިހު ލޮރީގެ ދަށުވީ ލޮރީގައި ޖެހި އެކްސިޑެންޓުވެގެން ކަމަށް ނުބެލެވެއެވެ. ބޮޑަށް ލަފާކުރެވެނީ އޭނާ ދުއްވި ސައިކަލު ކަހާލައިގެން ގޮސް ލޮރީގެ ދަށުވީ ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޒުވާނުންގެ ހިތުގެ ދުޅަހެޔޮ ކަމަށް ފަލަބަލިން ރައްކާތެރިވާން ޖެހޭ!
އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި