"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ދިވެހި ކަލަންޑަރު ތަކުގައި ވެސް ރަމަޟާން މަހާ ދިމާކޮށް "އިމްސާކު"ގެ ނަމުގައި ވަކި ވަގުތެއް ކަނޑައަޅައި ލިޔެފައި އޮވެ އެވެ. ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި އެއީ ކެއިންބުއިން ހުއްޓާލަންޖެހޭ ވަގުތެވެ. އެހެން ނަމަވެސް އެއީ ދީނުގައި އޮންނަ ކަމެއްތޯ ބަލާލުން ރަނގަޅުވާނެ އެވެ.
ސުވާލު: ފަތިސްވުމުގެ ވަކި ވަގުތެއް ކުރިން ކެއިންބުއިން ހުއްޓާލަން ޖެހޭތަ؟
ޖަވާބު: ފަތިސްވުމުގެ ވަކި ވަގުތެއް ކުރިން ކެއިން ބުއިން ހުއްޓާލުމަކީ އެއްވެސް ގޮތަކަށް ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވެފައިވާ ކަމެއް ނޫނެވެ.
އެހެނެއް ކަމަކު ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި ހާރުދަމުގެ ފަރިއްކުޅުއްވުމަށްފަހު ފަތިހުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން ފަރިއްކުޅުއްވައި އުޅުއްވި އެވެ.
އެހެން ކަމުން އިމްސާކްގެ ގޮތުގައި ވަކި ވަގުތެއްގެ ކުރިން ކެއިންބުއިން ހުއްޓާލުމަކީ އިސްލާމް ދީނުގައި އެއްވެސް އަސާސެއް އޮތް ކަމެއް ނޫނެވެ.
މެންޗެސްޓާ ސިޓީ އަބޫދާބީ ކަޕް 2027 ޖެނުއަރީގައި
ސީރިއާގައި ތިބި އެމެރިކާ ސިފައިން ބާލަން ނިންމައިފި