ވައި ނުސާފުވުމުގެ އަސަރު މިފަހަރު ދިގުދެމިގެންދަނީ އިރުވައި މޫސުން އާއްމުކޮށް ފަށާ ދުވަސްވަރަށްވުރެ އަވަހަށް ފެށުމުން ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ވައި ނުސާފުވުމުގެ އަސަރުކުރަނީ ކައިރި ގައުމުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
މެޓް އޮފީހުން ބުނީ ދުންފުހުގެ އަސަރު މިދިޔަ އަހަރު ޑިސެމްބަރު ކުރީ ކޮޅުން ފެށިގެން ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެހެން އަހަރަތުކަކާ ހިލާފަށް، މި އަހަރު ވައިނުސާފުވުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައި ކަމަށާއި އެކަން އެހެން ދިމާވަނީ އިރުވައި މޫސުން އަވަހަށް ފެށުމުން ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ވައި ހުންނަ މިސްރާބު ބަދަލުނުވުމަކީ ވެސް ދުންފުހުގެ އަސަރު ދިގުދެމިގެންދިޔަ ސަބަބެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ވައި ސާފުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބަރުދަނުގެ ސަބަބުން ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރޭތަ؟
އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް ގެއަށް
ވީއައިއޭގެ އަހަރީ ދުވަސް ފާހަގަކުރަން 100 ފޫޓުގެ ކޭކެއް ފަޅައިފި
