ރައީސް މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ، ރިފްއަތު އަބްދުﷲ މިއަދު އައްޔަންކުރައްވައިފި އެވެ.
ރިފްއަތު މިހާތަނަށް ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފަ އެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރިފްއަތު އަބްދުﷲ އާ ހަވާލުކޮށްދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރެއްވީ އެ ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމުންނެވެ.
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ތޯރިގާއި އާދަމް ޝަރީފް
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
