މިދިޔަ އަހަރު ނިމުނު އިރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ 2024 ވަނަ އަހަރު މުދަލު ޒަކާތަށް ލިބުނު އަދަދަށް ވުރެ ފަހެއް އިންސައްތައިގެ އިތުރުވުމެކެވެ. މުދަލު ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 102 މިލިއަން ރުފިޔާ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނައިރު، މުދަލު ޒަކާތުގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ވަނީ 90 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިވަގުތު މުދަލު ޒަކާތުގެ ނިސާބަކީ 19,527.90ރ. އެވެ. އެ ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޒަކާތުގެ ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.
މީރާއިން މުދަލު ޒަކާތް ބަލައިގަންނަން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މުދަލު ޒަކާތް މީރާ އިން ބަލައިގަތް ނަމަވެސް ކޮންމެ ރޯދަ މަހަކު ފިތުރު ޒަކާތް ބަލައިގަންނަނީ އަދިވެސް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށެވެ.

މެލޭޝިޔާގެ ސަބާހްގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް
ޓްރަމްޕްގެ ގެއަށް ވަންނަން އުޅުނު ހަތިޔާރު އެޅި މީހަކު މަރާލައިފި
ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ