ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދިޔަ މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް މިއަދު ނިޔާވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ނިމާލް ސައިކަލް ދުއްވާފައި ދަނިކޮށް ސްޓްރޯކެއް ޖެހިގެން މިހާތަނަށް އައީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ނިމާލް އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ.
ނިމާލަކީ 1980ގެ އަހަރުތަކުން ފެށިގެން ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މަގުބޫލް މޮޅު އެކްޓަރެއްގެ އިތުރުން ގިނަ ފިލްމްތަކެއް ޑައިރެޓްކޮށްފައިވާ ޑިރެކްޓަރެކެވެ.
އޭނާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ފިލްމް ފާހަގަ ކުރެވެ އެވެ.
ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން ވެސް ނިމާލް ވަނީ ވަރަށް ގިނައިން ފެނިފައިވެ އެވެ. އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ.
މި ފަހުން ރިލީޒް ކުރި ގިނަ ފިލްމްތަކުން ވެސް ނިމާލް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން "ކަނބުލޮ"، "ލިލީ" އަދި "އަލްވަދާއު"ގެ އިތުރުން "އިލްޒާމް"ގައި ވެސް ނިމާލް ވަނީ މުހިއްމު ރޯލްތަކެއް ކުޅެފަ އެވެ.
ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް 1991 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައިވެ އެވެ.

އަނބިމީހާ މަރާލުމުގެ ތުހުމަތުވާ މާވިން އިސްލާމްވެއްޖެ
މަސައްކަތް މި ކުރަނީ ރައްޔިތުނާ ގާތުން ހިދުމަތް ކުރުމަށް: ރައީސް
ގުރުއާން ހިތުދަސް 50 ހާފިޒަކަށް އާދީއްތަ ދުވަހު އެވޯޑު ދެނީ