ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 1،000 ފްލެޓު އަޅައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މި މަޝްރޫއު ހިންގުމަށް ފޭސް ތިނަކުން ފަސް ބިން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ކޮންމެ ބިމެއްގައި ވެސް 200 ހައުސިން ޔުނިޓު އަޅަން ޖެހެ އެވެ. ބިން ހަވާލުކުރާތާ 30 މަސްދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މިއީ ފުރަތަމަ ފަހަރަށް ފްލެޓު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އަޅާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެކެވެ.
ތިން ކޮޓަރީގެ ފްލެޓެއްގައި މަދުވެގެން 950 އަކަފޫޓު ހުންނަން ޖެހޭއިރު ވިއްކޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ. ދެ ކޮޓަރީގެ ފްލެޓެއްގައި މަދުވެގެން 700 އަކަފޫޓު ހުންނަން ޖެހޭއިރު ވިއްކޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި އޮތީ 1.8 މިލިއަން ރުފިޔާ އެވެ.
މިއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ފްލެޓު އެޅުމަށް ފަހު ވިއްކާ ގޮތަށް އަޅަން ހުޅުވާލި ފްލެޓްތަކެކެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު 23، ގެ 13:00 އެވެ.

އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހެނީ ކޮން ގައުމެއްގައި؟
ގޭގައި ތިބެގެން މިހާރު ފުވައްމުލަކު މަސްމާރުކޭޓް ބަލާލެވޭނެ
ފިލްމް ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
