އާއްމު ގޮތެއްގައި ނުކައި ތިބޭނަމަ ބަރުދަން ލުއިވާނެ ކަމަށް އަހަރުމެންގެ ބުއްދި ގަބޫލު ކުރެ އެވެ. އެއީ ބަރުދަން އިތުރުވުމާއި ކެއުމާ ސީދާ ގުޅުމެއް އޮންނާތީ އެވެ.
ރަމަޟާން މަހަކީ ރެއާދުވާލުގެ ބޮޑު ބައެއް ކެއުމާއި ބުއިމުން ދުރުވެ ތިބޭ މަހެއް ނަމަވެސް އެ މަސް ނިމޭއިރު ކުރިއަށްވުރެ ބޮޑަށް ބަރުދަން އިތުރުވުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ. ސަބަބުތައް ބައިވަރެވެ.
ފޮނިކާތަކެތި މާ ގިނައިން ކެއުން
ރޯދަ ސުފުރާގައި ފޮނި ބާވަތެއް ނުހިމެނުމަކީ ގިނަ ބަޔަކަށް ސުފުރާ ފުރިހަމަ ނުވާ ކަމެކެވެ. މިފަދަ ތަކެއްޗަކީ އޭގެ ޒާތުގައި ހަކުރު ވަރަށް ގިނަ އެއްޗިއްސެވެ. އެހެން ކަމުން މިފަދަ ބާވަތްތައް ކޮންމެދުވަހެއްގެ ކެއުމުގައި ހިމަނާނަމަ ހަށިގަނޑުގެ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ތެލުގެ ބާވަތްތައް މާ ގިނައިން ކެއުން
ރޯދަ ވީއްލަން ގިނަ ބަޔަކު ޚިޔާރު ކުރަނީ ހެދިކާގެ ބާވަތްތަކެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫނެވެ. ތެޔޮ ގިނައިން ބޭނުން ކުރުމަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު އިތުރުވެ ބަރުދަން އިތުރުވާ ކަމެކެވެ.
އެއްފަހަރާ މާ ގިނައިން ކެއުން
ދުވާލު ނުކައި ހުރުމަށްފަހު ރޯދަ ވީއްލާ ގަޑިއަކީ ގިނަ މީހުން އެއްފަހަރާ ވަރަށް ގިނައިން ކާ ގަޑިއެކެވެ. ސުފުރާ މައްޗަށް ނަގާފައި ހުންނަ ގިނަ ބާވަތްތައް ރަހަ ބަލާ ނިމޭއިރު ވެސް ހުންނަނީ ކާންވާ ވަރަށްވުރެ ގިނައިން ކެވިފަ އެވެ. މިގޮތަށް އެއްފަހަރާ މާ ގިނައިން ކެއުމަކީ ހަޖަމު ކުރުން ލަސްވެ ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟