އުމްރާގެ އަޅުކަމުގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތަރި ގައުހަރް ޚާންއާއި އޭނާގެ ފިރިމީހާ ޒައިދު ދަރްބާރްގެ ހަގު ދަރިފުޅު ފަރްވާންގެ މޫނު ދައްކާލައިފި އެވެ.
ކުރިއަށް މި ދާ ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ގޮސް އުޅޭ ގައުހަރު އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި އެ ފޮޓޯގައި ގައުހަރުއާއި ޒައިދުގެ އިތުރުން އެ ދެމީހުންގެ ދެ ދަރިން ވެސް ފެނިގެންދެ އެވެ.
"ފަރްވާންގެ ފަރާތުން މުޅި ދުނިޔެއަށް ސަލާމް. އަޅުގަނޑުމެންގެ ކުދިން އެންމެންގެ ދުއާތަކުގައި ބައިވެރި ކޮށްދޭތި" ގައުހަރު ބުނެފައިވެ އެވެ.
ގައުހަރުއާއި ޒައިދުއަށް އެމީހުންގެ ދެވަނަ ދަރިފުޅު ފަރްވާން ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ދެމީހުން ވަނީ ދޮށީ ދަރިފުޅު ޒިހާން އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން ހުރި ފޮޓޯއެއް އޭރު އާއްމުކޮށްފަ އެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރި ޒައިދުއާއި ގައުހަރުއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.
އޭގެ ފަހުން އެ އާއިލާއިން އެކި ފަހަރު މަތިން އެ މީހުންގެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވެ އެވެ.

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި
މިދިޔަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާފައިވަނީ އިޒްރޭލުން
ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟