މެދުއިރުމަތީ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން މާލެ އިން ދުބާއީ އަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
މާލެއިން ދުބާއީއަށް މިއަދު މެންދުރުފަހު ދަތުރުކުރި ފްލައި ދުބާއީގެ FZ1026 ފްލައިޓް އަނބުރާ ވެލާނާ އެއާޕޯޓަށް ޖެއްސީ ވައިގެ މަތީގައި އޮންނަތާ ގަޑިއިރަކާއި 45 މިނިޓެއްހާއިރު ފަހުންނެވެ.
ޔޫއޭއީގެ ވައިގެ ބަނދަރު ބަންދުކުރީ އިސްރާއީލުން ދިން ހަމަލާގެ ރައްދުގައި އީރާނުން ޔޫއޭއީގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްއަށް ހަމަލާދިނުމުންނެވެ.
މި ހަމަލާތަކާ ގުޅިގެން އީރާން، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރޭންގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
މިކަމުގެ ސަބަބުން، ދަތުރުމަތީގައި ތިބި ގިނަ ބޯޓުތަކެއް ވަނީ އެހެން އެއާޕޯޓުތަކަށް ޑައިވާޓްކުރަން ޖެހިފަ އެވެ.
އިސްރާއީލަށް ކުރިއަށްއޮތްތަނުގައި ވެސް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ.

މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
މެލޭޝިއާގައި ޓީބީ ފެތުރޭތީ ރާއްޖޭގައި ރިިސްކް އެސެސްމަންޓު ހަދަނީ
