އިޒްރޭލުން އީރާނަށް ހަމަލާދީ 80 އަށް ވުރެ ގިނަ ސްކޫލް ދަރިވަރުން ޝަހީދު ކޮށްލާފައިވާއިރު، އެކަން ކުށްވެރިނުކޮށް، ހުރިހާ ގައުމަކުން ހަމަލާތައް ހުއްޓާލަން ގޮވާލައި ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ މިހާރު ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ދިއުމާ މެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މެދުއިރުމަތީގެ މަސްރަހުގައި އެކި ފަރާތްތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ސަރަޙައްދުގައި އަލުން ސުލްޙަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ގޮވާލި އެވެ.
ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަގްވާމީ ގާނޫނުތަކަށާއި އދ.ގެ ޗާޓަރުން ލާޒިމްކުރާ ކަންކަމަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް ސަރުކާރުން އިލްތިމާސްކުރި އެވެ.
މީގެ އިތުރުން، ހުރިހާ ދައުލަތްތަކެއްގެ ސިޔާދަތީ މިނިވަންކަމާއި ބޯޑަރަށް ހުރިހާ ފަރާތްތަކުން ވެސް އަބަދުވެސް ފުރިހަމައަށް އިހްތިރާމު ކުރަންވާނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހިޔާލުތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަކީ ރާއްޖެއިން އަބަދުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މި ބަޔާން ނިންމާލިއިރު، އީރާނުގެ ކުށެއް ނެތް 80 އަށްވުރެ ގިނަ ކުދިން ޝަހީދުކޮށްލުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަން ކުށްވެރިކޮށްލާކަށް ވެސް ނުކެރުނެވެ. ރާއްޖެއިން މި ނެރުނީ މި ހަނގުރާމައާ ގުޅިގެން ސައުދީ އަރަބިއްޔާ އާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން ނެރުނު ކަހަލަ "ވަނދު" ބަޔާނެކެވެ.

އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
ބަހުރޭނުގައި ގޮވުންތަކެއް، ގަތަރުން މިސައިލެއް ހުއްޓުވައިފި
އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
