ދިވެހިން އެންމެ ރުހޭ ގައުމަކީ ސައުދީ އަރަބިއްޔާ ކަމަށާއި އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިކަން ހާމަވީ ބާނި ސެންޓާ ފޮ އިންޓަނޭޝަނަލް ޕޮލިސީއިން 23 ނޮވެމްބަރުން 1 ޑިސެމްބަރު 2025ގެ ނިޔަލަށް ކުރިއަށްގެންދިޔަ ދިރާސާއަކުންނެވެ.
އެ ދިރާސާގައި ނަތީޖާގެ ބޭނުމަށް ކުރި ސުވާލުގައި ދީފައިވަނީ 8 ގައުމުގެ ލިސްޓެކެވެ. އަދި އޭގެ ތެރެއިން ކޮންމެ ގައުމަކަށް 0-10އާ ދެމެދުން ސްކޯ ކުރަން ބުނެ އެވެ.
ދިރާސާގެ ބައިވެރިން އެ ލިސްޓުގައިވާ ގައުމުތަކަށް ޕޮއިންޓު ދިން ގޮތްތައް
1-ސައުދީ އަރަބިއްޔާ - 6.9
.2- ޗައިނާ - 6.9
3-އިންޑިއާ - 6.2
4-ރަޝިއާ - 5.2
5-އޮސްޓްރޭލިއާ - 4.9
6-ޔޫކޭ - 4.3
7-ޔޫކްރެއިން - 3.9
8-އެމެރިކާ - 3.5
ފުލުގައި އޮތް އެމެރިކާއަށް ވޯޓު ދިނުމުގައި އެންމެ ދަށް ނަތީޖާތަކެއް ދީފައިވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން، އެ އުމުރުފުރާއިން ގިނަ މީހުން 2.5 ޕޮއިންޓު ދީފައިވެ އެވެ. އަދި 18-24 އަހަރާ ދެމެދުގެ މީހުން ދިނީ 5 އެވެ.
ސައުދީ އަރަބިއްޔާ އާއި ޗައިނާއަށް ހުރިހާ އުމުރުފުރާތަކުން ވެސް ޕޮއިންޓު ދީފައިވަނީ މަތިންނެވެ. ނަމަވެސް އިންޑިއާއަށް ގިނަ ޕޮއިންޓު ދީފައިވަނީ 35 އަހަރުން މަތީގެ މީހުންނެވެ. އަދި 35 އަހަރުން ދަށުގެ މީހުން ޕޮއިންޓު ދީފައިވަނީ މަދުންނެވެ.
ފޯން ކޯލު މެދުވެރިކޮށް ކުރިއަށްގެންދިޔަ އެ ދިރާސާއަށް 391 މީހުންގެ ފަރާތުން ޖަވާބު ލިބިފައިވެ އެވެ.

އިންތިހާބުގައި ޑިމޮކްރެޓް ޕާޓީން ވާދަކުރާނީ ނުވަ ކެންޑިޑޭޓުން
އީރާނުގެ ޑިފެންސް މިނިސްޓަރާއި އާރްޖީ ކޮމާންޑަރު މަރާލައިފި
އީރާނަށް ދިން ހަމަލާ ކުށްވެރިކުރަން ސަރުކާރަކަށް ނުކެރުނު
