އީރާނުގެ އަސްކަރިއްޔާއިން އިޒްރޭލުގެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އިގްތިސާދީ މަރުކަޒު ކަމަށްވާ ތެލް އަވީވްއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑި، މުޅި ސިޓީ އަނދިރިކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު، އީރާނުގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލުގެ ޕަވަރ ޕްލާންޓްތަކަށާއި، ހަކަތަ ރައްކާކުރާ ވަސީލަތްތަކުގެ އިތުރުން ރިފައިނަރީތަކަށް އަމާޒުކޮށް ސީދާ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި އިޒްރޭލުގެ އިންފްރާސްޓްރަކްޗަރއަށް ދެވުނު އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް ފާހަގަކުރެ ވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން އިޒްރޭލުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ރިފައިނަރީތަކަށް ހަމަލާދީ، ތެލް އަވީވްއިން ކަރަންޓު ކަނޑާލާފައިވާ ކަމަށް މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ ރިޕޯޓްތައް ބުނެވެ އެވެ.
މިއީ އިޒްރޭލުގެ ދިފާއީ ނިޒާމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ. ހަމަލާތަކާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި މުޅިން ސާފެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އިޒްރޭލުން މި ހަމަލާއަށް ރައްދު ދޭނެ ގޮތަކާ މެދު މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ. އީރާނުގެ މި ފިޔަވަޅަކީ ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

6 ކިލޯ ޑްރަގް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރަރުކޮށްފި
ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ދެވޭނެ: ދީދީ
ހަރަދުކުޑަކުރުމުގެ ބަހަނާދައްކައިގެން އިންތިހާބު އެއްނުކުރެވޭނެ