ރޯދަ މަހަކީ އެންމެހާ މުސްލިމުންނަށް އަންނަ އީދެކެވެ. މި މަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފާހަގަ ކުރަނީ އެކި ގޮތްގޮތަށެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކޮށްލެވޭ ރޯދަ މަހުގެ ބައެއް ސަގާފަތްތަކަށެވެ. މިއީ ކޮންމެ ސަރަހައްދެއްގައި ވެސް ރޯދަ މަހުގެ ތަޖުރިބާ ތަފާތު ކުރުވައިދޭ ކަންކަމެވެ.
ޗެޗެންޔާ
ރަޝިއާގެ ހިއްސާއެއް ކަމަށްވާ ޗެޗެންޔާގައި ރޯދަ މަހުގެ ފުރަތަމަ ދުވަހު މަރުވެފައިވާ އާއިލާ މެމްބަރުންގެ މަހާނަތަކަށް ޒިއާރަތް ކުރެ އެވެ. ރަމަޟާން މަހު އުފަންވާ ފިރިހެން ކުދިންނަން އެގައުމުގައި "ރަމަޟާން" ނަން ދެވޭއިރު އަންހެން ކުދިންނަށް ދެވެނީ "މަރްހާ" މިނަމެވެ.
ތަޖިކިސްތާން
ރޯދަ މަސް ފެށުމާއެކު ތަޖިކިސްތާނުގެ ކުޑަ ކުދިން ދަބަސްތައް ހިފައިގެން އެގައުމުގެ މަގުތަކުގައި ހިނގާ އުޅެ އެވެ. މިގޮތަށް އުޅުމުގައި ބޮޑު މީހުންގެ ފަރާތުން ހަދިޔާ ބަލައިގަނެ އެވެ.
އިންޑޮނީޝިއާ
ރޯދަ މަހުގެ ހަނދު ފެނުމާއެކު އިންޑޮނޭޝިއާގައި "އަލް ބުދޮކް" ނަމަކަށް ކިޔާ ސަންގެއް ފުމެ އެވެ. މިއީ ރޯދަ މަސް ބައްދަލުކުރިކަން އެންގުމަށްޓަކައި ފުމޭ ސަންގެކެވެ. އެއާއެކު ސްކޫލް ކުދިން ރޯދައަށް ހޭނުވުމަށްޓަކައި ހަފްތާއެއްގެ ޗުއްޓީ ދެ އެވެ.
މޮރީޝިއާނާ
މި ގައުމުގައި އެއް ރެއިން ގުރުއާން ހަތިމްކޮށް ނިންމުމުގެ ސަގާފަތެއް އޮވެ އެވެ. އޭގެ އިތުރުން ފިރިހެނުން ރޯދަ މަހަށް ހާއްސަކޮށްގެން ބޯ ބާލަ އެވެ. ރަމަޟާން މަހު ކައިވެނި ކުރުމަކީ ވެސް މޮރީޝިއާނާގައި އާއްމު ކަމެކެވެ.
ދިވެހި ރާއްޖެއިހު ދިވެހިންގެ ޒަމާނުގައި އިރު އޮއްސުމުން ރޯަދަ ވީއްލަން އެންގުމަށްޓަކައި ސަންގު ފުމެ އެވެ. މިހާރަކަށް އައިސް މި ސަގާފަތް އުވެމުން ދިޔަ ނަމަވެސް އަދިވެސް މި ސަގާފަތް ކުރިއަށް ގެންދާ ރަށްތައް ފެނެ އެވެ.

އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
މާލޭގައި މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
އީރާނުގެ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަަމަށް ބުނެފި