ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފި އެވެ.
އަލިފާން ރޯވީ ހުޅުމާލެ ލޮޓް 11395 ގައެވެ. އެންޑީއެމްއޭއިން އާންމުކޮށްފައިވާ ފޮޓޯތަކުން ހާމަވާގޮތުގައި އެ ކޮޓަރި ވަނީ މަރާމާތުކޮށްގެން ނޫނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.
އެންޑީއެމްއޭ އިން ބުނީ އެ ކޮޓަރި އާއި ޖެހިގެން ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ވަރުގަދަ އިންޒާރުތަކަށްފަހު އަނެއްކާވެސް ޓްރަމްޕް ފަސްޖެހިއްޖެ
މި ހިސާބަށް އާދެވުނީ ހަމައެކަނި ޝާހުގެ ސަބަބުން: ކަރަން
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ މައްސަލަ ހައްލުކުރަނީ
