ރަމަޟާން މަހަކީ މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް އެއް މައްސަރަށް ވާއިރު ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މުސްލިމް ފަންނާނުން ވެސް މި މަހުގެ ތަޖުރިބާ ހިއްސާކުރެ އެވެ.
އެގޮތުން އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ތަރިއެއް ކަމަށްވާ ސުމްބުލް ތައުގީރް ޚާންއަކީ ވެސް ރަމަޟާން މަހުގެ ރޯދަ ހިފާ ފަންނާނެކެވެ. އޭނާ ވަނީ އެ މައްސަރުގެ ތަޖުރިބާ ކިޔައިދީފަ އެވެ.
ސުމްބުލް ބުނީ ރަމަޟާން މަހަކީ ހާރު ކެއުމާއި ރޯދަ ވީއްލުމުގެ އިތުރުން ވެސް ތަފާތު ކަންތައްތަކެއް އިހުސާސް ކުރެވޭ މަހެއް ކަމަށާއި އެ މަހުގައި ކެތްތެރިކަމާއި މަޑުމައިތިރިކަން އިހުސާސް ކުރެވޭ ކަމަށެވެ.
އެގޮތުން އޭނާގެ ރަމަޟާން މަސް ހޭދަ ކުރަން އިސްކަން ދެނީ އާއިލާއާ އެކުގައި ކަމަށާއި އެ މައްސަރު އާއިލާއާއެކު ހޭދަކުރެވޭ ވަގުތުތަކުން ވެސް ހިތަށް ހަމަޖެހުން ލިބޭ ކަމަށް އޭނާ ބުންޏެވެ.
ކުޑައިރުގެ ހަނދާންތައް އާކުރަމުން ސުމްބުލް ބުނީ އޭނާގެ ޅަފަތުގެ ރަމަޟާން މަސްތައް ހޭދަކުރީ ބައްޕައާއި ދައްތައާ އެކުގައި ކަމަށާއި އޭރުގެ ގިނަ ހަނދާންތައް މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށެވެ.
"އަހަރެން ވަރަށް ކުޑައިރު ފުރަތަމަ ރޯދަ ހިފައިފިން. ބައްޕަ ވެސް ދައްތަ ވެސް ވަރަށް ހިތްވަރު ދިން. ރޯދަ ހިފުމުން އަމިއްލަ ނަފްސާމެދު ފަޚުރުވެރިވި" ސުމްބުލް ބުންޏެވެ.
ދިވެހިންގެ ތެރޭގައި ސުމްބުލް މަޝްހޫރު ވެފައިވަނީ ސްޓާ ޕްލަސްއިން ދެއްކި މަޝްހޫރު ސީރީޒްއެއް ކަމަށްވާ "އިމްލީ"ގެ ލީޑު ކެރެކްޓަރުގެ ގޮތުގަ އެވެ.

ގަލޮޅު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް