ތައިބާ މިސްކިތް ކައިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދިހަ ގެއަކުން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގަ އެވެ. ގުދަން އެއްކޮށް އަނދާ ހުލިވެފައިވާއިރު، އެ ސަރަހައްދުގައި ދުމުގެ އަސަރާއި ކެމިކަލް ވަހުގެ އަސަރު ވަނީ ބޮޑަށް ފެތުރިފަ އެވެ.
އެންޑީއެމްއޭއިން ބުނީ ރޭ ދަންވަރު 2:30 އާ ހަމައަށް 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި ކަމަށެވެ. އެއީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ.
އެންޑީއެމްއޭ އިން ބުނީ ވަގުތީ ހިޔާވަހިކަން ދިން މީހުންގެ ތެރޭގައި ބިދޭސީ 302 މަސައްކަތްތެރިން ހިމެނޭއިރު އޭގެ ތެރެއިން 280 މީހަކާ އެ މީހުންގެ ކުންފުނިތަކުން ހަވާލުވެފައިވާ ކަމަށެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ އިވެކުއޭޝަން ސެންޓަރު ގާއިމް ކޮށްފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ.
ރޯވެފައި ވަނީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގަ އެވެ. އެ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ރައްކާކޮށްފައި ހުރީ އެތަނުގަ އެވެ.

ރާއްޖެއަށް ވެސް އީދު ދުވަހަކީ ހުކުރު ދުވަސް
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާތީ މާލޭގެ މަގުތައް ބަންދުކުރަނީ