ސ. ހިތަދޫގެ ހިއްކި ސަރަހައްދުގައި އިއްޔެ ހަވީރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑެތި ޒަހަމްތައް ލިބުނު މީހާ އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ދެމުން އަންނަނީ ކާރު ދުއްވަން އިން ވެމްކޯގެ މުވައްޒަފަކަށެވެ. މި ހާދިސާ ހިނގިއިރު ކާރުގައި ތިބި 4 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރާ ކާރެކެވެ.
އެންތޫރިއަމް ވެސް ވައި ސާފުކޮށްދޭ!
އަދިވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ