އެމްޑީޕީގެ ކުރިއަށް އޮތް އިންތިހާބުގައި ރާއްޖޭގެ އެންމެ މަގުބޫލް މޮޑެލް ކައިޒީން ބައިވެރިވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައ ދައުރު ވަމުންދާ ވާހަކަތަކާއި ފޮޓޯތައް އޭނާ ދޮގު ކޮށްފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި ކައިޒީން ބުނީ އޭނާއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދެކެވެމުން އަންނަ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ސިޔާސީ ދާއިރާ އާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވިޔަސް އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ގުޅިފައި ނުވާނެ ކަމަށްވެސް ކައިޒީން ބުނެފައި ވެއެވެ.
ކައިޒީން ވަނީ މިފަދަ ވާހަކަތައް ނުފެތުރުމަށް އާއްމުންގެ ކިބައިން އެދިފަ އެވެ. އަދި ހަމަ އެހެންމެ އެފަދަ ވާހަކަތައް ނޫސްތަކާއި މީޑިއާތަކުން ގެނެސްދޭނަމަ އެކަމުގެ ހަގީގަތް ކަށަވަރު ކުރުމަށް ކައިޒީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޒުވާނުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކައިޒީން ވަނީ ދާދިފަހުން އަންހެނުން ބާރުވެރިކުރުމަށް ސިޔާސީ ދާއިރާއަށް ގުޅެން ގަސްދުކުރާ ކަމަށް އިއުލާން ކޮށްފައެވެ.
ނޫސްތަކުން މާ ބޮޑުކޮށްގެން އުޅުނަކަސް މިއަށްވުރެ މާ ރީތި އަންހެނުން މާލޭގައި އަދި ރާއްޖޭގައި އުޅޭ.. ނޫސް ވިއްކަން މިކަން ނުކުރަން އެދެން އިނގޭތޯ