މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ވޯޓުފޮޮށިތަކުގެ ކިޔު ހަވީރު 5 ޖެހުމާއެކު ބަންދުކޮށް، 5:30 ގައި ބައެއް ފޮށިތައް ގުނަން ތައްޔާރުވާން ފަށައިފި އެވެ.
އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގަ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި 4:00 އާ ހަމަޔަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 ޕަސެންޓް މީހުންނެވެ. އެއީ 185،709 މީހުންނެވެ. މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވާއިރު. މިއަދު 4 ޖެހުމާ ހަމައަށް 109،167 މީހުން ވޯޓު ނުލާކަމަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 37.02 ޕަސެންޓް މީހުނެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. ވޯޓު ގުނުން ފެށިގެންދާނީ ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށްފަހު ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
އަޖޭއަށް 57 އަހަރު ފުރުމާއެކު ކާޖޮލްގެ މަޖާ މެސެޖެއް
ކެމްޕޭން ބަންދުވިފަހުން ރައީސް ޕޯސްޓެއް ކުރެއްވި މައްސަލައެއް
އާއްމުވަމުން އަންނަ މި އާދައަކީ ތިބާގެ ހަލާކު!