އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުއަށް ފާޅުގައި ކެމްޕޭންކޮށްދީ އުޅުނު އަހުމަދު މުހައްމަދު (ޓޫފޯ) އަށް ޕޮލިސް ކޮމިޝަނަރުކަން މިއަދު ދީފި އެވެ.
މިއީ ސަރުކާރުން އައްޔަން ކުރި ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ.
ހަތަރު އޮފިސަރަކު ހިމެނޭހެން އަހުމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް ދިނީ އޮކްޓޯބަރު 2021 ގަ އެވެ. އޭނާ މަގާމުން ވަކިކުރަން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ވިދާޅުވީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އޭނާ މަގާމުން ވަކިކުރަން ނިންމި ކަމަށް އެނގިފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެންނެވެ.
އޭގެ ފަހުން އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މާލެ ސިޓީ ކައުންސިލްގެ ވަޒީފާއެއް އަދާކޮށްފަ އެވެ. އަދި އެ ދުވަސްވަރު މުއިއްޒުގެ ކެމްޕޭންގައި ފާޅުގައި ވަރަށް ވަރުގަދަ އަށް އޭނާ ހަރަކާތްތެރިވި އެވެ.
ޓޮމްއާއި ޒެންޑާޔާ ސިއްރުން ކައިވެނި ކުރީތަ؟
ހުޅުމާލެ ފޭސް 3ގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ހުރިހާ ސިޓީތަކުގެ މޭޔަރުންގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި