ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ސިޔާސީ ގޮތުން ވަޒީފާ ދީފައިވާ 85 މީހަކަށް، މުސާރައިގެ ގޮތުގައި މަހަކު 2.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރަމުންދާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި 85 މުވައްޒަފުންނަކީ އެމްއޭސީއެލްގެ އޮފީހުގައި އިށީންނާނެ ގޮނޑިއެއް ނުވަތަ މޭޒެއްވެސް ނެތި ވަޒީފާ ދީފައިވާ ބައެކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ވަޒީފާއަށް ނުކުމެ މަސައްކަތް ކުރާ ބައެއް ނޫން ނަމަވެސް، ކޮންމެ މަހަކު ގަވާއިދުން ފުރިހަމަ މުސާރަ ލިބެމުންދާ މީހުންނެވެ.
އެގޮތުން މުސާރައިގެ ގޮތުން ބައި ލައްކައިން ފެށިގެން 20،000ރ އާ ދެމެދުގެ މުސާރަ އެ މީހުނަށް ދޭކަމަށް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ލިސްޓުން އެނގެ އެވެ.
މަހަކު ބައި ލައްކަ މުސާރަ ލިބޭ މީހުންގެ ތެރޭގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު އަދުދާނުގެ އިތުރުން ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ހިމެނެވެ.
މީގެ އިތުރުން ކުރީގެ މަޖިލިސް މެންބަރުކަން ކޮށްފައިވާ ބައެއް ފަރާތްތަކަށް ވެސް ބޮޑު މުސާރަ ދޭކަމަށް އެ ލިސްޓުގައިވެއެވެ.
އަދި ރާއްޖޭގެ މަޝްހޫރު ދެ ފިލްމީ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް ނިޝާއަށްވެސް މަސައްކަތެއް ނެތި އެމްއޭސީއެލްއިން ގެންދަނީ މުސާރަ ދެމުންނެވެ. ލީކްވެފައިވާ ލިސްޓުގައި ކުރިން ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަބަރުތައް ގެނެސްދެމުންދިޔަ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އާއިދުވެސް ހިމެނެ އެވެ. އޭނާއަށް މަހަކު 40،000ރ ދޭ ކަން ވަނީ ހާމަވެފަ އެވެ.
ނިމިދިޔަ އިންތިހާބުތަކުން ރައީސް މުއިއްޒުއާއި ޕީއެންސީ ވަރަށް ބޮޑުތަނުން ބަލިވުމާއި ގުޅިގެން، އެކަމުގެ ހިތްހަމަނުޖެހުމުގެ ތެރޭގައި ރައީސް ގެންދަވަނީ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން ވަކިކުރަމުންނެވެ.
އޭގެ ތެރޭގައި އެމްއޭސީއެލްއަށް ނަގާފައިވާ ގިނަ ބަޔަކު ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، އެމްއޭސީއެލް ފަދަ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކަށް މަހަކު ދެލިއަނައްވުރެ ގިނަ ރުފިޔާ ޚަރަދުކުރަމުންދާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ބީއެމްއެލްގެ އެހީގައި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް
އިޒްރޭލުން އުޅެނީ ދެމިގެންދާ ހަނގުރާމައަކަށް މަގުފަހި ކުރަން
މީގެ އިތުރުން ކުީޜގެ ފުޓުބޯލަ ކުޅުން ތެރިޔާ ކުޑަ ވިއްސަ(މެމްބަރު އައިފާނު ގެ ސުލޮޓް)، ކުޜީގެ MDP އެކްޓިވިސްޓު ރަޝާދު(MP ޝާޑް ގެ ސުލޮޓެއް)، ޢެއާ މޯލްޑިވްސް ގަ އުޅުނު ނަޒީރު، ކުރީގެ MDP ދައުރުގެ ޓޫރިޒަމްގަ ސްޓޭޓް މިނިސްޓަރު އާތިފް. މިކަހަލަ ކިތައްމެ މީހުންނެއް
ރިޕްލައި