އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގެންނެވި އީރާނުގެ މަތީ ފަންތީގެ ވަފުދުން، އެމެރިކާގެ ވައިގެ ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ ހަނދާން އާކޮށް، އެކުދިންނަށް ހާއްސަ އިހްތިރާމެއް އަދާކޮށްފި އެވެ.

މިގޮތުން އިރާނުގެ މީނާބް އެލިމެންޓަރީ ސްކޫލަށާއި އެހެނިހެން ތަންތަނަށް ދިން ހަމަލާތަކުގައި ލެއިން ތަތްތެޅިފައިވާ ސްކޫލް ދަބަސްތަކާއި ބޫޓުތަށް ފްލައިޓު ގައި އީރާނުން ގެންދިޔަ އިރު އެކުދިންގެ ފޮޓޯ ކޮންމެ ސީޓެއްގައި ޖަހާފައިވެއެވެ.

އީރާނުން ވަނީ މުޅި ދުނިޔެއަށް އެ އަނިޔާވެރިކަން ހާމަކޮށްދިނުމުގެ ގޮތުން، އިންސާނިއްޔަތާ ޚިލާފު މި ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ ހަނދާނުގައި އަސަރުގަދަ ޝުއޫރުތަކެއް ފާޅުކޮށްފަ އެވެ.

އެމެރިކާއާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ މިނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ އަންހެން ކުދިންގެ ސްކޫލަށް ދިން ރަހުމްކުޑަ ހަމަލާގައި 168 ކުދިން ވަނީ މަރުވެފަ އެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް އީރާނުގެ ވަފުދު އިސްލާމްއާބާދަށް ގޮސްފައިވާއިރު، ވަފުދުގައި އިސްކޮށް ހުންނެވީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެވެ. އަރިހުގައި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.