ހެނދުނު ހޭލާ ގޮތަށް ކޮފީއެއް ބޯލުމަކީ އަހަރުމެން ދިވެހިންގެ ވެސް ކަށީގައި ހިފާފައި ހުންނަ އާދަ އެކެވެ. ގިނަ ފަހަރަށް އެކަން ކުރެވެނީ ހެނދުނު ދަތް ވެސް ނުއުނގުޅަ އެވެ.
އެހެން ނަމަވެސް އާއްމު ވެފައިވާ މި އާދައިގެ ނުރައްކާތެރި ކަމާމެދު އެމެރިކާގައި މަސައްކަތްކުރާ ދަތުގެ ހާއްސަ ޑޮކްޓަރަކު މިވަނީ އިންޒާރު ދީފަ އެވެ.
"ހެނދުނު ކޮފީ ބޮއެގެން ދަތް އުނގުޅާ ކޮންމެ ފަހަރަކު ދަތްތައް ސާފު ކުރެވެނީއެއް ނޫން. ތި އެޅެނީ ޒަހަރު" ޑރ. މާކް ބުރުހެން އޭނާގެ އިންސްޓަގްރާމްގަައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ޑރ. މާކް ވިދާޅުވީ ކޮފީއާއި ދަތް އުނގުޅާ ބޭހުގައި ހުންނަ މާއްދާތައް އެކުވުމުން ނުރައްކާތެރި އެސިޑެއް އުފެދޭ ކަމަށާއި އެއީ ދިގު މުއްދަތުގައި އަނގައިގެ ސިއްހަތަށް ގެއްލުންހުރި ކަމެއް ކަމަށެވެ.
އެގޮތުން އާދަކޮށް އެ އާދަ ގެންގުޅޭނަމަ ދަތްތައް ރީނދޫވުން އަވަސްވާނެ ކަމަށާއި އަނގަފާރު ހެދުމުގެ ފުރުސަތު ވެސް ބޮޑު ކޮށްދޭނެ ކަމަށް ޑރ. މާކް ވިދާޅުވި އެވެ.
އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ހެނދުނު ހޭލުމަށްފަހު އެހެން ކަމެއް ކުރުމުގެ ކުރިން ދަތް އުނގުޅައި ތާޒާވެލުން ކަމަށް ވެސް ޑރ. މާކް ފާހަގަ ކުރެއްވި އެވެ.
ހާމަނާއީ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެފި
އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތައް ނާޒުކު ފައްތަރެއްގައި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ނަޝީދު ހަމަޖައްސައިފި