މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
ފަރުހަތު އިސްތިއުފާ ދެއްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައި ނުވެ އެވެ.
ފަރުހަތު އިސްތިއުފާ ދެއްވުމާއެކު މިއީ މި ސަރުކާރުގައި މިފްކޯގެ ސީއީއޯ ބަދަލުވާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު ސަމާހު ރަޝީދު މިފްކޯގެ ސީއީއޯއަކަށް އައްޔަން ކުރެއްވުމަށްފަހު، ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އޭނާ ވަނީ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ. އެއަށްފަހު މިހާރު ވަނީ އޭނާ ސަރުކާރުން ވަކިކޮށްފަ އެވެ.
އޭގެ ފަހުން މަސްވެރިކަމުގެ ސިނާއަތް ބަދަލުކޮށް މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ސްވިޒަލޭންޑްގެ ރައްޔިތަކު ސީއީއޯއަކަށް ހަމަޖައްސާފަ އެވެ. ނަމަވެސް ހަތަރު މަސްތެރޭގައި އޭނާ ވަކިކޮށް، އެމްއެންޑީއެފްގެ ރިޓަޔާޑު ބޭފުޅެއްކަމަށްވާ ފަރުހަތު ޝަހީރު އައްޔަން ކުރެއްވީ 2025 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އިންތިހާބުތަކުން ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ރައީސް ގެންދަވަނީ ސިޔާސީ ވަޒީފާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަށް އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގެވުމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމެރިކާގެ ޑިމާންޑަކީ ހަނގުރާމައިން ކާމިޔާބު ނުވިކަންކަން: އީރާން
އާޝާ ބޯސްލޭ މަރުވެއްޖެ