ރައީސް މުހައްމަދު މުއިއްޒު އަވަށްޓެރި ސްރީލަންކާއަށް އަންނަ މަހު ވަޑައިގަންނަވައޭ ބުނަނީ ހަމައެކަނި އެ ގައުމުގެ ނޫސްތަކުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ލަންކާއަށް އަންނަ މަހު ވަަޑައިގަންނަވާކަން ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ.
އަދި އެއީ ހަމައެކަނި ލަންކާގެ ނޫސްތަކުން ދައްކާ ހިޔާލީ ވާހަކައެއް ކަމަށް ދޭހަވާ މޭރުމަކުން ޒަމީރު ވަނީ ވާހަކަދައްކަވާފަ އެވެ.
ނޫސްވެރިއަކު އެ ސުވާލު ޒަމީރާ ކުރީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި ދައުލަތުން ހަރަދުކޮށްގެން ރާއްޖެއިން ބޭރުގެ ގައުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވާތީ އެވެ.
އެފަދަ ދަތުރުތަކުގެ ބޮޑުބައި ހޭދަކުރާނީ އެ ގައުމަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު މިހެން ވިދާޅުވިނަމަވެސް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވާތީ ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!
ޑާކްރެއިންއިން މިފަހަރު ގެނެސްދެނީ "ޖަންނަތު!"
