ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، މެދުއިރުމަތީގެ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖުން ވިދާޅުވެއްޖެ އެވެ.
ޗައިނާއިން ވަނީ އީރާނާއެކު އޮތް ގުޅުން ވަރުގަދަކޮށް، އެ ގައުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
އެޑްމިރަލް ޑޮންގް ޖުން ވިދާޅުވި ގޮތުގައި، ޗައިނާގެ އުޅަނދުފަހަރު ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ ކަމަށާއި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އީރާނާއެކު ވެފައިވާ ވިޔަފާރިއާއި ހަކަތައިގެ އެއްބަސްވުންތަކަށް ޗައިނާއިން ފުރިހަމައަށް އިހުތިރާމްކޮށް، އެ އެއްބަސްވުންތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.
"އަޅުގަނޑުމެން އީރާނާއެކު ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކޮށް އެކަންކަން ކުރިއަށް ގެންދާނަން. އަދި އެހެން ފަރާތްތަކުން އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެދެން،" ޗައިނާގެ ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހޯރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރަނީ އީރާނުން ކަމަށާއި، އެ ސަރަހައްދު ޗައިނާގެ އުޅަނދުފަހަރަށް ހުޅުވިފައިވާ ކަމަށެވެ.
މި ބަޔާނަކީ މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ މަސްރަހުގައި ޗައިނާގެ ނުފޫޒާއި އީރާނާއެކު އޮތް ގާތް ގުޅުން ހާމަކޮށްދޭ މުހިންމު ބަޔާނެކެވެ.
ޗައިނާއިން ވަނީ އެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެހެން ގައުމުތަކުން ނުފޫޒު ނުފޯރުވުމަށް ގޮވާލާފަ އެވެ.
މުއިއްޒާ ސުވާލުކޮށްގެން ޖަލަށްލި ޝަހްޒާން މިނިވަންވެއްޖެ
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!